English Edition
Dhivehi Edition
ރައީސް މުއިއްޒު ރާއްޖޭގެ ދެކުމަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެރއިން

އައިވީއެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެންސްޕާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އައިވީއެފްގެ ފަރުވާއަށް އާސަންދަ ބޭނުންވާ މީހުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ޝަރުތު ހަމަވާ މީހުންގެ ތެރެއިން މި އަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައި ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށް އެންސްޕާއިން ބުންޏެވެ.

އައިވީއެފްގެ ފަރުވާއަށް ދައުލަތުގެ އެހީއަށް އެދި ހުށަހަޅަންބެނުންވާ ފޯމު އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކުންނާއި ދެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ ކަމަށާއި, ފޯމު ހުށަހަޅަންޖެހޭނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާގެ ކައުންޓަރަށްކަމަށް ވަބާނުގައި ބުނެފައިވޭ. އީމެއިލް މެދުވެރިކޮށްވެސް އަދި ވައިބާ މެދުވެރިކޮށް ވެސް ފޯމު ހުށަހެޅިދާނެ. ވައިބާ މެދުވެރިކޮށް ފޯމު ހުށަހަޅާނީ 7291402 އަށް ކަމަށް އެންސްޕާއިން ބުނެއެވެ.

އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންސްޕާ އިން ބުނީ އެ އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ފޯމު ފުރިހަމަކަން ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެކަން އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރީއާއިން ހުށަހެޅި މީހަކަށް އަންގާނެ ކަމަށެވެ.

ފޯމު ފުރިހަމަކުރުމަށްފަހު އެޖެންސީއަށް ފޯމު ބަލައިގަންނަތާ ރަސްމީ 15 ދުވަހުގެ ތެރޭގައި ޝަތުރުތައް ފުރިހަމަވާކަން ނުވަތަ ނޫންކަން އަންގާނެ ކަމަށް އެންސްޕާއިން ބުންޏެވެ.

ފޯމު ހުށަހެޅުމަށް ހުޅުވާލާ މުއްދަތު ހަމަވުމުން ރަސްމީ 30 ދުވަހުގެ ތެރޭގައި އައިވީއެފްގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު މީހުންނަށް އެކަން އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގާނެ. އަދި އެ މީހުންގެ ޒާތީ މައުލޫމާތު ހާމަނުވާނެ ގޮތަކަށް އެ ލިސްޓު އާންމުކޮށް ޝާއިއު ކުރާނެއެވެ.

އައިވީއެފް ފަރުވާ ހިމެނޭހެން ދަރިމައިވުމުގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެއް. އެންސްޕާ އިން ހުސްވި ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމު މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލެއް އާންމުކޮށްފައެވެ.