ދިވެހި ވައިގެ ސިފައިން ނުވަތަ “އެމްއެންޑީއެފް އެއަރ ކޯ” އިފްތިތާޙުކުރުމުން ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިއަދު ވިދާޅުވީ އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީމުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާދަންނަވާކަމަށެވެ.
އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީމުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާދަންނަވަން.
— Maumoon Abdul Gayoom (@maumoonagayoom) March 16, 2024
ތުކުރީގެ “ބައިރަކުތާރު” މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ދިވެހި ސިފައިން ވަނީ ހުކުރު ދުވަހުގެ ރޭ ފަށާފައެވެ.
މި މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯން ތައްކަމަށް ސަރުކާރުން ބުނެއެވެ.
ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މަސް ކަނޑުތަކާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތްކުރާނެކަމަށް ސަރުކާރުން ބުނެއެވެ.
މި މަސައްކަތް ފަށަން ދިވެހި ސިފައިގެން ޚާއްޞަ ޑްރޯން ލަޝްކަރެއް ވަނީ ތުރުކީގައި ތަމްރީނު ތައް ފުރިހަމަކޮށްގެން ރާއްޖެ އައިސް މާފަރުގައި މަސައްކަތް ފަށާފައެވެ. އަދި އެކަމަށް ބޭނުންވާ ޑްރޯން ވެސް ވަނީ ގެނެސްފައިކަމަށް ސަރުކާރުން ބުންޏެވެ.
ދިވެހި ސިފައިން ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުން ކުރާނީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލަ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.
މި ޑްރޯންއަކީ ތަކެތި ހޯދުމާއި ޖާސޫސީ މަސައްކަތްތަކާއި ސުލްހެވެރި ބޭނުންތަކަށްވެސް ހާއްސަ އުޅަނދެކެވެ. ހާއްސަކޮށް މިއީ ސާޗް މަސައްކަތުގައި ބޭނުން ކުރަން ފައްކާކޮށްފައިވާ ޑްރޯން ތަކެއްކަމަށް ސަރުކާރުން ބުނެއެވެ. އެކަމަކު ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރު ވެސް ހަރުކުރެވެއެވެ. މިގޮތުން 95 ކިލޯގެ މިސައިލް ނުވަތަ ގޮވާ އެއްޗިހި ހަރުކޮށްގެން އުދުހުމުގެ ގާބިލްކަން މި އުޅަނދަށް ލިބިގެންވެއެވެ. މި ޑްރޯންއަކީ މީޑިއަމް ލެޓިޑިއުޑް ލޯންގް އެންޑިއުރެންސް ޑްރޯން ތަކެކެވެ. މިއީ މީހުންނާ ނުލައި އުދުހޭ ޑްރޯން ތަކެކެވެ. މި އުޅަނދު އޮޕަރޭޓް ކުރާނީ ހާއްސަ ކޮންޓްރޯލް ސެންޓަރަކުންނެވެ. މި ސެންޓަރަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މޮބައިލް ތަނެކެވެ.