English Edition
Dhivehi Edition

ލ. ގަން “ތުނޑީ ރަމަޟާން ކަޕް 1445” ގައި ރޭ ކުޅުނު މެޗުތަކުން ބެސްޓް ޖޭއާރް އާއި ކަންމަތީ އެސްސީ މޮޅުވިިއިރު، ބިގް ޝޮޓްސް އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަން ތުނޑީ ފުޓްސަލް ގްރައުންޑުގައި ރޭ ކުޅުނު ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރީ ފޮއެމަތި ޖޭއާރް އަދި ބެސްޓް ޖޭއާރް ޓީމެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެސްޓް ޖޭއާރު ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބެސްޓް ޖޭއާރުގެ މައާދު ހުސެއިން ޒަކީއެވެ.

ރޭގައި ކުޅުނު އަނެއް ދެ މެޗަކީ 16 އަހަރުން މަތީ އުމުރުފުރައިގެ ދެ މެޗެވެ. އެގޮތުން ރޭ 10:30 ގައި ކުޅުނު މި އުމުރުފުރައިގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަންމަތި އެސްސީ އާއި އެފްއެމް އެސްސީއެވެ. މި މެޗު 2-7 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކަންމަތި އެސްސީ ޓީމުންނެވެ. މިއީ ގުރޫޕް އޭ ގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަންމަތި އެސްސީ ޓީމުގެ ނާއިހް މުފީދުއެވެ.

ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ބިގް ޝޮޓް އަދި މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިއީ ގުރޫޕް ބީ ގެ މެޗެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިގް ޝޮޓް ޓީމުގެ ގޯލްކީޕަރު މުޙައްމަދު ޝައުން ނާފިއު އެވެ.

މިރޭ ވެސް މި މުބާރާތުގެ ފޯރިގަދަ ތިން މެޗު ކުޅޭނެއެވެ. އެގޮތުން މިރޭ ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗަކީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކަންމަތި ނިއު ޖެނެރޭޝަން އަދި ބްލެކް ސްޓްރީޓްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ރަސްހިންނެ އެސްސީ އާއި ބަންގްލާ ޓައިގާސްއެވެ. މިއީ ގުރޫޕް ސީގެ މެޗެކެވެ. މި މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ. އަދި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގުރޫޕް ޑީ ގައި ހިމެނޭ ބެސްޓް ބޯއީޒް އާއި ކިންގް ސްޕޯޓްސް ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:30 ގައެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

16 އަހަރުން ދަށް:

21:30 : ކަންމަތި ނިއުޖެނެރޭޝަން – ބްލެކް ސްޓްރީޓް (ގްރޫޕް އީ )

16 އަހަރުން މަތި:

22:30 : ރަސްހިންނެ އެސްސީ – ބަންގްލާ ޓައިގާސް (ގުރޫޕް ސީ)

23:30 : ބެސްޓް ބޯއީޒް – ކިންގް ސްޕޯޓްސް ކުލަބް (ގުރޫޕް ޑީ)

މި ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މުބާރާތެކެވެ،

މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.

މުބާރާތުގެ ސްޕޮންސަރުން:

ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް

ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް.

ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި.

އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.

ކިޓް ޕާރޓްނަރ: ބަމްބަމްބީ.

ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.

މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.

ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.

ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.

ޑިޖިޓަލް ޕާރޓްނަރ: ދިރާގު

ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.

މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.