( ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ! ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)
ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. އެގޮތުން މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ސްޓްރެސް ސިގްނަލް ހަމަހިމޭން ކޮށްލުމުގެ މުހިންމުކަމަށެވެ.
ޒަމާނުއްސުރެ އިންސާނާ ދުނިޔޭގައި ވަޒަންވެރިވެ، މިއަދާ ހަމަޔަށް ސަލާމަތުން ދިރިތިބުމުގެ އަސްލަކީ ﷲ ސުބްހާނަހޫ ވަތައާލާގެ ރަހްމަތްފުޅުން އިންސާނާގައިގައި ލައްވާފައިވާ ސްޓްރެސް ސިގްނަލް މެނޭޖްކުރާ ނިޒާމުގެ ކުޅަދާނަކަމާ ހުށިޔާރުކަމުންކަން ކަށަވަރެވެ. އިންސާނާއަށް ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން އެކަން ދެނެގަނެ އެނުރައްކަލުން ސަލާމަތްވެ ގަތުމަށް ހުށިޔާރުވެ މުޅި ހަށިގަނޑު އެކަމަށް ތައްޔާރު ކުރުމަކީ މި ނިޒާމުގެ މަގްސަދެވެ. މިއީ ޓްރިޕްލްވޯމަރ ނުވަތަ ޓްރިޕްލްހީޓަރގެ ނަމުން ނަން ދެވިފައިވާ މެރީޑިއަނެކެވެ. ނުވަތަ އެނަރޖީ ޗެނަލްއެކެވެ.
މެރިޑިއަން އަކީ ހަށިގަނޑުގެ ގުނަވަންތަކާއި، ހިއްސުތަކާއި، ހުރިހާ ދިމަދިމާލަކަށް ސިގުނަލް ފޮނުވާ ޗެނަލްތަކެކެވެ. ހަށިގަނޑުގައި މީގެ 14 ޗެނަލް ވެއެވެ. އަދި މި ހުރިހާ ޗެނަލެއްވެސް އެކަތި އަނެކައްޗާއި ގުޅިގެން އިންސާނާގެ ދުޅަހެޔޮކަމާއި ފުރިހަމަކަން މަތީ ދަމަހައްޓަން މަސައްކަތްކުރެއެވެ. މީގެން އެއްވެސް ޗެނަލެއް ބްލޮކްވެއްޖެނަމަ، އެހެން ޗެނަލްތަކަށް އޭގެ އަސަރު ކުރެއެވެ. އަދި މީހާގެ ދުޅަހެޔޮހާލަތަށް ހީނަރުކަމެއް އާދެއެވެ. ޓްރިޕަލްވޯމަރ އަކީ މި ހުރިހާ މެރިޑިއަން ތަކަށް އެއްފަހަރާ ބާރުފޯރުވާލެވޭ ހަމައެކަނި މެރިޑިއަނެވެ. ސަބަބަކީ ޓްރިޕަލްވޯމަރ އަކީ ސަލާމަތީ ވަޒީރުކަމަށްވާތީއެވެ. ގައުމީ ނުރައްކަލެއް ކުރިމަތިވެއްޖެ ހާލުގައި ރައީސުލް ޖުމްހޫރިއްޔާވެސް ސަލާމަތީ ވަޒީރަށް ބޯލަނބާފަދައިން، އިންސާނާގެ ފުރާނަޔަށް ނުރައްކަލެއްކަމަށް އަންނަ ކޮންމެ ސިގްނަލްއަކާއެކު، ޓްރިޕްލްވޯމަރ އެކްޓިވޭޓްވެ، ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތްކުރާ މެރިޑިއަންތައް މަޑުޖައްސާލައެވެ. އެއީ އެފަދަ ހާލަތެއްގައި ދުޅަހެޔޮކަމަށްވުރެ ސަލާމަތްވެގަތުން މުހިއްމުވާނެތީއެވެ. ޔަގީނުންވެސް މިއީ ކުޅަދުންވަންތަ އިލާހެއްގެ ފުރިހަމަ އުފެއްދުމެއްގެ ލާމަސީލު މިސާލެކެވެ.
މިޒަމާނަކީ މިނިކާ ޖަނަވާރެއްގެ ޝިކާރަޔަކަށް ވެދާނެކަމުގެ، ނުވަތަ އެހެންކަހަލަ ހަމަލާއަކަށް ބިރުގަނެގެން އުޅެންޖެހޭ ޒަމާނެއްނޫނެވެ. އެހެނަސް މިކަހަލަ ނުރަށްކާތެރިކަމުގެ ސިގްނަލްތައް އަހަރުމެންނަށް ފޮނުވޭލެއް މަދެއްނޫނެވެ. އަބަދާ އަބަދު ކަންކަމާ ހާސްވެ، ކަންބޮޑުވެ، ބިރުގަނެގެން އުޅޭ ކޮންމެ ވަގުތަކީ ޓްރިޕްލްވޯމަރ އެކްޓިވޭޓް ވެފައި ހުންނަ ވަގުތެކެވެ. މީ އަހަރުމެންގެ އާންމު ހާލަތުކަމަށް ވެއްޖެއްޔާ، ހަށިގަނޑަށް އޭގެ ގެއްލުންވާން ފަށާފާނެއެވެ. ބޮޑެތި ބަލިތަކާ، ސިއްޙީ ނުތަނަވަސް ކަމެއްގެ ތެރޭގައި އުޅެންޖެހިދާނެއެވެ. ހާސްވެ، ކަންބޮޑުވާން ޖެހޭ ވަގުތުވެސް އަންނާނެއެވެ. ބިރުގަނެ، ފިކުރުބޮނޑުވާ ކަންކަންވެސް ދިމާވާނެއެވެ. އެކަމަކު އަބަދު އެހާލަތުގައި އުޅުމަކީ ރަނގަޅު ކަމެއްނޫނެވެ. ހާސްކަމާ، ބިރުވެރިކަމުގެ ސިގްނަލްތައް ހަމަހިމޭން ކޮއްލުމަކީ ވަރަށްމުހިއްމު ކަމެކެވެ. މިއަދު މިގެނެސްދެނީ ވަރަށް ފަސޭހައިން ސްޓްރެސް ސިގްނަލް ހަމަހިމޭން ކޮއްލެވޭނެ އުކުޅެކެވެ.
ޓްރިޕަލްވޯމަރ ސްމޫދީ
މިއީ ޓްރިޕަލްވޯމަރ ހަމަހިމޭން ކޮށްލާ ސްޓްރެސް ރެސްޕޮންސް ކައުންޓަރ ކުރުމަށް އެނަރޖީ މެޑިސިންގެ ބާނީ، ޑޯނާ އީޑަން ހައްދަވާފައިވާ ވަރަށް އިފެކްޓިވް ޓެކްނިކެކެވެ.
1. ލޯމަތީގައި އަތްއަޅާލާފައި ފުންކޮށް ނޭވާއެއްލާނީ ނޭފަތުން އެތެރެއަށް
2. އަގައިން ނޭވާ ބޭރުކޮށްލަމުން އިނގިލިތައް ލޯމަތީ ދަމާލާފައި ބުމައިގެ ތިރީ ކޮޅާހަމަޔަށް (ޓެމްޕަލްއަށް) ގެނެސް އިނގިލި ތަކުން މަޑުމަޑުން މަސާޖުކޮއްލާ
3. އަނެއްކާވެސް، ނޭފަތުން އެތެރެއަށް ނޭވާއެއް ލާފައި، އަގައިން ނޭވާ ބޭރުކޮށްލަމުން، އިގިލިތައް ކަންފަތުގެ މަތިން ކަންފަތުގެ ފުރަގަހުން ގެންގޮސް ކަރުގެ ދެފަރާތުން އިނގިލިތައް ފަތުރާލާފަ ހިފާއްޓާލާ.
4. އަނެއްކާވެސް، ނޭފަތުން އެތެރެއަށް ނޭވާއެއް ލާފައި، އަގައިން ނޭވާ ބޭރުކޮށްލަމުން، މަޑުމަޑުން ދެއަތްތިލަ ދަމާލާފައި ގެނެސް މޭމަތީގައި ބާއްވާލާ
5. ފުންކޮށް ބޮޑު ނޭވާއެއް ލާފައި އުއްބައްތި ތަކެއް ނިވާލަން ފުމެލާހެން ނޭވާ ބޭރުކޮށްލާ.