English Edition
Dhivehi Edition

1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ (11 މާޗު 2024) ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފިއެވެ.

މިކަން އިއުލާނުކުރައްވާފައިވަނީ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާއަށްފަހު ހަނދާގުޅޭ ގޮތުން ނެރުއްވި ޤަރާރުގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދިވެހިރާއްޖެއާ އިސްލާމީ ބައެއް ޤައުމުތަކަށް ފެންނާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ދައްކާތީ މާދަމާއަކީ މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.