English Edition
Dhivehi Edition
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު

ދިވެހިރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއް ބޭނުންވާ ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

“ޗޭންޖިންގ ޕޮޕިއުލޭޝަން ޑައިނަމިކްސް އިން ދަ މޯލްޑިވްސް” މަތީ ފަންތީގެ ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ސާޖިދާ ވިދާޅުވީ ރާއްޖޭގައި މުސްކުޅި އުމުރުގެ އާބާދީ އިތުރުވަމުންދާކަމަށާ ވިހާ ނިސްބަތް މަދުވަމުން ދާ ކަމަށެވެ. މިކަންކަމަށް ފިޔަވަޅު އެޅުމަށް ގުޅިލާމެހިފައިވާ ސިޔާސަތުތަކެއްގެ މުހިންމުކަން ފާހަގަކުރަމުން ސާޖިދާ ވިދާޅުވީ ދުވަސްވީ މީހުންނަށްޓަކައި ގާއިމުކޮށްފައިވާ “އިސްރަށްވެހީންގެ ނާދީ” އަދި ހަމައެހެންމެ އައިވީއެފް އަދި އައިޔޫއައިގެ ފަރުވާ ފަދަ ފަރުވާތައް އާސަންދައިގެ ތެރެއިން ހަމަޖެހިގެން ގޮސްފައިވާކަމަށެވެ.

އާބާދީއަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކުން ކާމިޔާބުކަމާއެކު އަރައިގަތުމަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ސާޖިދާ ވަނީ އަލިއަޅުއްވާފައެވެ. އަދި ދެމެހެއްޓެނިވި އުމުރާނީ ތަރައްގީގެ މަޝްރޫއު “ރަސްމާލެ” އަދި ސަރުކާރުގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ފަދަ، ގެންގުޅޭ ވަށާޖެހޭ ގޮތްތައް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ސާޖިދާ ވިދާޅުވީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ އާބާދީއަކަށް ނުވަތަ މުސްކުޅި އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވަމުންދާ ދިޔުމަށް ފިޔަވަޅުއަޅައި، ހޭލުންތެރިކަން އިތުރުކޮށް ގައުމުގައި ފާހަގަތިކަން ދެމެހެއްޓުމަށް، ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކޮށް މީހުންނަށް އިސްކަން ދިނުމުގެ ސިޔާސަތު މުހިންމު ކަމަށެވެ. މި ސެޝަންގައި ސާޖިދާވަނީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މިސަރުކާރުން ރާއްޖެއަށް ތަރައްގީ ގެނައުމުގައި ގެންގުޅޭ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތަކަކަށް އަލިއަޅުއްވާފައެވެ،