ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ޖަރުމަނުވިލާތަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިދެ ބޭފުޅުން ޖަރުމަނަށް ވަޑައިގެންފައިވާއިރު މީގެ ކުރިން ދެބޭފުޅުންވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އާއި ވެސް ބައްދަލުކުރައްވާފައެވެ.އުމަރު ޖޭޕީއަށް ސޮއިކޮށްފައިވަނީ މި ބައްދަލުވުމަށްފަހުގައެވެ.
އުމަރު ޖޭޕީއަށް ސޮއިކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޖޭޕީއަށާއި އުމަރުއަށް އަމާޒުވެފައިވާ މި ދަނޑިވަޅު އުމަރުވަނީ އެމްޑީޕީ އާއި އެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި ބައްދަލުވުމަކީ ގުޅިފައިވާ އިއްތިހާދުގައި ހިމެނޭ ޖޭޕީ އާއި އެމްޑީޕީގެ ދެމެދުގައި އޮށް ނުތަނަވަސްކަން ދުރުކޮށް އެއް ކެނޑިޑޭޓަކު ނެރުމާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމުގައި ގިނަ ބަޔަކުވަނީ ބުނެފައެވެ.