English Edition
Dhivehi Edition
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފޮޓޯ: ރައީސް އޮފީސް

މުޖުތަމަޢެއްގެ ނުވަތަ ގައުމެއްގެ ކުރިއެރުމުގައި އަންހެނުންނާ ފިރިހެނުންގެ ހިއްސާ އެއް ހަމައެއްގައި ހުރުމުގެ މުހިންމުކަމެއް ކަމުގައި އީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2023 ގައި ސާޖިދާ ވިދާޅުވީ ވީ ފައިސާގެ ބަދަލެއް ނެތި ހަމައެކަނި އިންސާނިއްޔަތަށްޓަކައި ގައުމަށްޓަކައި ވަގުތުތައް ހުސްކުރުމަކީ ވަރަށް މަތީ ދަރަޖައިގެ އިންސާނީ ގުރުބާނީއެއްކަމަށެވެ. އަދި ގައުމެއް ބިނާ ކުރަން ބޭނުންވާ އެތައް މުހިއްމުކަމެއް ގަރލް ގައިޑްގެ ހަރަކާތުން ދަސްކޮށްދޭކަމުގައި ސާޖިދާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާޖިދާ ވިދާޅުވީ ގަރލް ގައިޑުގެ ހަރަކާތުން ދަސްކޮށްދޭ ހުނަރުތަކާއި، އިލްމުތަކާއި، އަށަގަންނަ ކެރުމާއި، ހިތްވަރާއި މުރާލިކަމުގެ ނަތީޖާއަކީ، މިއަދުވެސް ރާއްޖޭގެ ޒިންމާދާރު، މަތީ ފެންވަރުގެ އެތައް މަގަމެއްގައި ތިބީ ގަރލް ގައިޑު އެސޯސިއޭޝަނުގެ ދަސްވެނިވެފައިވާ ފަރާތްތައް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި ހުރިހާ ކަމެއްގައިވެސް އަންހެނުންގެ ދައުރު ހިމެނުއްވުމަށް މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހިފެހެއްޓުމަށާއި، ޤައުމުގެ އަންހެން ދަރިންނާއެކު ސާބިތުވެ ހުންނަވާނެކަމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރގެ ސެޓްފިކެޓާއި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް އަދި ޓްރެއިނަރސް ލެވެލްގެ ބްރޮންޒް ޕާމް ލިބިވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވާފައެވެ