English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތައްޔާރު ކުރުމުގެ އަމަަލީ މަސައްކަތް ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ރައީސް ފަށްޓަވާ ދެއްވީ މުޖްތަމައުގައި ހިމެނޭ އެކި ގިންތީގެ މީހުންނާއެކު ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމެއްގައެވެ.

އެގޮތުން މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ ޒުވާނުންނާއި ކުޑަކުދިންނާއި އިސްރަށްވެހީންގެ އިތުރުން އެކިއެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންގެ ލަފާ ހޯއްދަވާފައެވެ. މިއީ ގާނޫނީ ބާރުވެރިކަމާއި ހިމާޔަތް ލިބިފައިވާ ޕްލޭނަކަށް ހެދުމަށް ޓަކައި އެކަމަށް ހާއްސަކޮށް ގާނޫނެއް ހެދުމަށް ރައީސް ނިންމާފައިވާއިރު، މި ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ފަދަ ގޮތަކަށް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ޕްލޭނަކީ ދިވެހިން ބޭނުންވާ ގޮތަށް ރާއްޖެ ދާން ބޭނުންވާ މިސްރާބު 20 އަހަރު ދުވަހަށް ކަނޑައަޅާ މާސްޓަ ޕްލޭނަކަށްވާއިރު މީި ޕްލޭންގެ މަސައްކަތުގައި އެކި ދާއިރާތަކުން ބޭރުގެ މާހިރުން ވެސް ބައިވެރިވާނެކަމަށެވެެ.