English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

މި ދައުރު ނިމޭއިރު ގެދޮރުގެ މައްސަލަ ދިމާވާމީހަކު ގދ. ފަރެސްމާތޮޑާގައި ވެސް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ވިދާޅުވީ ފަރެސްމާތޮޑާގެ ބިން ހިއްކައި، އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

ރައީސް ވިދަޅުވީ ފަރެސްމާތޮޑާއަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ރަށެއްކަމަށެވެ.

“ގެދޮރުވެރިކަމާއި އިގްތިސާދީ ބޭނުންތަކަށް މިރަށް ބޭނުންކުރެވޭނެ. މި ދައުރު ނިމޭއިރު ގެދޮރުގެ މައްސަލަ ކުރިމަތިވާ މީހަކު ނުހުންނާނެ,” ރައީސް މުއިއްޒު ވިދާޅުވިއެވެ.

އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫ އަދި ފުވައްމުލަކަށް ދަތުރުކުރައްވާފައެވެ. އަދި މިއަދު ވަނީ ގދ އަތޮޅުގެ ރަށްތަކަށް ދަތުރުފައްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވައި ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ދަތުރުތަކެއް ކުރައްވަމުންނެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު ވަނީ ތ އަތޮޅަށް ވެސް ވަޑައިގެންފައެވެ.