ކުޅިވަރު އެސޯސިއޭޝަންތަކާއި އެކަޑަމީތަކަށް އަދި ކުދިން ތަމްރީންކުރާ ކޯޗުންނަށް ސަރުކާރުން އެހީދިނުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ލ.ފޮނަދޫ ޝާރާޒް، މުޙައްމަދު އަނަސް،ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސްގެ ޖަވާބު
19 ފެބްރުވަރީ 2024ލ.ފޮނަދޫ، ޝާރާޒް، މުޙައްމަދު އަނަސް، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/cOHMoOugWj
— Government of Maldives (@governmentmv) February 19, 2024
ރައީސް ވިދާޅުވީ އެކަމަށް އެޑްރެސް ކުރައްވާނެ ކަމަށާއި، ކުޅިވަރާއިބެހޭ ވަޒީރު މެދުވެރިކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެކި ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ކުޅިވަރު އެސޯސިއޭޝަން ތަކާއި، އެކަޑަމީތަކުގެ އިތުރުން ކޯޗުންނަށްވެސް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ރަނގަޅު ސިޔާސަތެއް ބައްޓަން ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެކަމަށް އެ އޮފީހުންބުނެއެވެ.