English Edition
Dhivehi Edition
ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންކަމަށް ކަށިމާ އަހްމަދު ޝާކިރު އައްޔަން ކުރައްވީ އެ މަގާމުގައި ކުރިން ހުންނެވި އަނީސާ އިސްތިއުފާ ދެއްވުމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ކަށިމާ އަޙްމަދު ޝާކިރު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ބޭފުޅަކު މި ޢައްޔަންކުރެއްވީ، ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވިއަނީސާ އަޙްމަދު، ސިއްހީ ސަބަބުތަކަކަށްޓަކައި އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެންކަމަށް ރައީސް އޮފީހުން ބުނެއެވެ.

“އަނީސާ އަޙްމަދުގެ އިސްތިޢުފާ ގަބޫލުފުޅުކުރައްވައި، އެ ކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ދިގު މުއްދަތެއްގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައިވޭ,” – ރައީސް އޮފީސް-

މި ބަދަލުގެ އިތުރުން، ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރު ކަމުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު މަހްމާވިލާ އިބްރާހީމް އިސްމާޢީލް އަލީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް،ޑިސެންބަރު 2023 ގައި އައްޔަން ކުރެއްވުމާ ގުޅިގެން، އިބްރާހީމް އިސްމާއީލްގެ ބަދަލުގައި، އެކޮމިޓީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭފުޅަކު ޢައްޔަންކުރައްވާފައެވެ. އެ ބޭފުޅަކީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި ބަދުރުއްނަސީރުކަމަށް ރައީސް އޮފީހުން ބުނެއެވެ.