އެޕޮއިންޓްމަންޓް ލިބޭ ދުވަސް ވަރަށް ޔަގީން ކަމާއެކީގައި ހަމަޖެހިގެންދާގޮތަށް ސިއްހީ ނިޒާމު ބައްޓަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަން ބަޔާންކޮށްދެއްވައި ލ.މާބައިދޫ ލަކްސްލިން، އާދަމް ޢަބްދުﷲ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ސްޕެޝިއަލިސްޓުން ގިނަކުރެވޭ ވަރަކަށް މަޑުކުރަން ޖެހޭ ވަގުތު ކުޑަވާނެ، މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަމަޖެހޭއިރު އެޕޮއިންޓްމަންޓް ލިބޭ ދުވަސް ވަރަށް ޔަޤީން ކަމާއެކީގަ ހަމަޖެހިގެންދާގޮތަށް ނިޒާމް ބައްޓަން ކުރަމުން އަަންނަކަމަށް ރައީސް ވިދާޅުވިއެވެ.
“އެޕޮއިންޓްމަންޓާ އެކީގަ ސީދާ ދުވަސްލިބި އިތުރަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް ، އޭރުން ރަށްރަށުގައި ތިބެފަ ވަޑައިންނަވާއިރުވެސް އިތުރަށް އިންތިޒާރުކުރަން ޖެހޭގޮތް ނުވާނެ,” -ރައީސް މުއިއްޒު-
ރައީސް ވިދާޅުވީ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި، ރާއްޖޭގައި ތިބި ސްޕެޝިއަލިސްޓުންނަށް ވީހާވެސް ގިނައިން ހޮސްޕިޓަލުން ވަޒީފާދިނުންކަމަށެވެ.
މިއާއިއެކު ރާއްޖޭގަ ސްޕެޝިއަލިސްޓުން ނެތް ދާއިރާތަކަށް ރާއްޖެއިން ބޭރުންވެސް ޑޮކްޓަރުން ހޯދުމަކީ މިހާރުވެސް ފަށާއިވާ މަސައްކަތެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ޖަވާބު
17 ފެބްރުވަރީ 2024ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ، ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭކަން ބަޔާންކޮށްދެއްވައި ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/bCYjmBxBZT
— Government of Maldives (@governmentmv) February 17, 2024