English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި: ފޮޓޯ ރައީސް އޮފީސް

ކޮސޯވޯގެ 16 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ކޮސޯވޯގެ ރައީސް ވިޔޯސާ އޮސްމާނީއަށާއި، ބޮޑުވަޒީރު އަލްބީން ކުރްތީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ، އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ މެސެޖުވެސް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮސޯވޯގެ ރައީސަށާއި ބޮޑުވަޒީރަށް، ދުޅަހެޔޮ ސިއްހަތާއި އުފާފާގަތިކަމަށް އެދިވަޑައިގަންނަވައި، ކޮސޯވޯގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.