English Edition
Dhivehi Edition
ފޮޓޯޅ އުރީދޫ

އުރީދޫ މޯލްޑިވްސްގެ ލަކީޑްރޯގެ ނަސީބުވެރިން ދޯހާ މެރެތަން ފުރިހަމަކޮށްފިއެވެ.

Image

މިމަހުގެ ކުރީކޮޅު އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއިން ހޮވުނު ދެ ކަސްޓަމަރުންނަކީ އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދުއެވެ. މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސްޓާފުންގެ ތެރެއިން ލަކީޑްރޯއިން ހޮވުނު ހުސައިން މާޒިން މުހައްމަދުއެވެ. އުރީދޫ އިން ވަނީ އެ މެރަތަންއަށް މީހުން ހޮވުމުގައި ވަކި ޝަރުތުތެކެއް ކަނޑައަޅާފައެވެ.

އުރީދޫ އިން ބުނީ އުރީދޫގެ ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ބައެއްކަމަށެވެ.

Image

މިފަހަރު ގެ ދޯހާ މެރެތަންގައި 15،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެއެވެ.

ޓެގު