އެމެރިކާއިން، ޤުދުސް އާއި ގުޅޭގޮތުން ނިންމި ނިންމުން އަންބުރާ ގެންދިއުމަށް އ.ދ އިން ޤަރާރެއް ފާސް ކުރަންެ އުޅުމުން އެ ޤަރާރު އެ ގައުމުން ވީޓޯ ކޮއްލައިފިއެވެ.
އ.ދ ގެ ސަލާމަތީ މަޖިލީހަށް މިސްރުގެ ފަރާތުން ހުށައެޅި ޤަރާރުގައި ބުނެފައިވަނީ ޤުދުސް އާއި ގުޅޭގޮތުން އެއްވެސް ޤައުމަކުން ނިންމައިފައިވާ ނިންމުން އ.ދ އިން ބަލައިނުގަންނީސް އެއްވެސް ގާނޫނީ އަސާސެއް އެކުލެވިފައި ނުވާ ކަމަށެވެ. އަދި މިފަދަ ނިންމުންތައް އަނބުރާ ގެންދިއުމަށް ވެސް އެ ޤަރާރުގައި ގޮވާ ލައްވާފައި ވެއެވެ.
ދާދި ފަހުން އެމެެރިކާއިން ޤުުދުސް އަކީ އިސްރާއިލުގެ ވެރިރަށް ކަމަށް ބަލައިގަނެ އެމެރިކާ އެންބަސީ ޤުދުސް އަށް ބަދަލު ކުރަން ނިންމުމާ ގުޅިގެން މެދު އިރުމަތީ މަަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލި ވެފައެވެ.
މި ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން އ.ދ އިން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލައި މްލެޑެނޯވް ވިދާޅުވީ އެމެރިކާގެ ނިންމުމާ ގުޅިގެން ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޤައްޒާ އިން އަންނަ ރޮކެޓް ހަމަލާތަކާއި އިސްރާއިލް ސިފައިނާ ފަލަސްތީނުގެ އާންމު ރައްޔިތުންނާ މެދު ހިނގާ ހަމަ ނުޖެހުން. އިތުުރު ވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިވޯޓުގެ ކުރިން އިސްރާއިލް ސަފީރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ އ.ދ ގައި ކުރެވޭ މަޝްވަރާ ތަކަކީ ވަގުތު ބޭކާރު ކުރުން ކަމުގައެވެ. އަދި ހުރިހާ އެންމެންވެސް ސީދާ މަޝްވަރާ މޭޒުގެ ދޮށަށް އައުމަށް އޭނާ ގޮވައިލެއްވިއެވެ.
އެމެެރިކާ ސަފީރު ވޯޓުގެ ކުރިން ވިދާޅުވީ އެމެރިކާ އިން މަޝްވަރާ ތަކުގެ ފަހުގެ މަރުހަލާ އަށް ގެންދިއުމަށް ދެފަރާތާވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.