English Edition
Dhivehi Edition
ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މިއަދު ރައީސް މުއިއްޒު ތަގުރީރު ކުރައްވަނީ

ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މިއަދު ދެއްވި ތަގުރީރުގައި މުއިއްޒު ވިދާޅުވީ, ދިވެހިރާއްޖެއިން ޓެކްނޮލޮޖީއަށް ބަރޯސާވެ, ޓެކްނޮލޮޖީ މެދުވެރިކޮށް ހިދުމަތްތައް ދިނުމަށް އިސްކަމެއްދޭނެކަމަށެވެ.

އެމަނިކުފާނުފެ މެނިފެސްޓޯގައިވެސް އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި, ސަރުކާރު ވުޒާރާތަކުގެ ކައުންޓަަރުތައް އެއްކައުންޓަރަކަށް ހައަދި ހިދުމަތްދިނުން ހިމަނުއްވާފައިވާނެކަމަށެވެ.

“ސަރުކާރުގެ އޮފީސްތަކުގައި ކަރުދާސް މަދުކުރުމާ ވަން-ސްޓޮޕް-ޝޮޕް އަށް ކައުންޓަރަކުން ހައްލު ހޯދުމަށް ވަނީ އަޅުގަނޑުގެ މެނިފެސްޓޯގަ ހިމަނާފަ. ފުޅާ ދާއިރާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ހިފައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ވެސް ވާނީ ހިމަނާފަ،” -ރައީސް މުއިއްޒު-

ސަރުކާރުގެ މަސައްކަތުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމޮކްރެޓިކް މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ މުޖުތަމައުގެ ތެރޭގައި ޒިންމާދާރު ކުރުވުމުގެ ސަގާފަތެއް އުފެދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.