ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރުކާރު އޮފީސްތައް ބަންދުކުރި ދުވަސްވަރު މެދުނުކެނޑި ކޯޓުތަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުން، އެ އުސޫލާ ހިލާފުވި 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް އޮފް މޯލްޑިވްސް (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމީ ކޮވިޑް-19 ފެތުރި ސަރުކާރު ބަންދު ކުރި މުއްދަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި، ޖޭއެސްސީ އިން އާންމު ކުރި ސާކިއުލާތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ.
ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ:-
- ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލް
- ޑްރަގް ކޯޓުގެ ގާޒީ ހުސެއިން ޝަހާމަތު މާހިރު
- ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސެއިން އިބްރާހިމް
- ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު
- ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު
- މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފް
- ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު
- ކ. ގުޅި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
- ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
- ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް
- ނ. ހޮޅޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކު
- ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ
- ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފް
- ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
- ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު
- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
- ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރު