ގައުމުގެ އިގްތިސާދީ ހާލަތަކީ ރައްޔިތުންނަށް ސިއްރުކުރަންޖެހޭ މައުލޫމާތެއް ނޫން ކަމުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިވޭ އަޑުތަކާއި، ވަމުންދާ ގޮތަށް ބަލާއިރު ގައުމު މި އޮތީ އިގްތިސާދީ ގޮތުން ނާޒުކު ހިސާބެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މިދަޑިވަޅުގައި އާރާއި ބާރާއި ބޮޑާކަން ދޫކޮށް ހަމަބިމަށް ތިރިވެ އިތުރަށް ނިކަމެތި ވެ ނުދާނެ ގޮތެއް ހޯދަން އެންމެން ގުޅިގެން މަސައްކަތް ފަށަން ޖެހިފައި ވާކަމަށް ނިޒާރު ވިދާޅުވިއެެވެ.
އިތުރަށް ނިޒާރު ވަނީ އަވަށްޓެރި ސިލޯނަށް ކަންތައް ދިމާވި ގޮތަކީ ވެރިންގެ ކިބުރުވެރި ކަމާއި ބޮޑާކަން އިސްކުރުމާއި ބަސްނޭހުމުގެ ނަތީޖާ ކަމުގައި ވިދާޅުވެ ލަންކާގެ ހާލަތުން މިސާލު ނަންގަވާފައެވެ.