ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ސިފަކުރެވޭ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ ދިއުމަކީ ކަންބޮޑުވާކަމެއްކަމުގައި އައްޑޫ ސިޓީ މޭޔަރު އަލި ނިޒާރު ވިދާޅުވެއްޖެއެވެ.
މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އައްޑޫ ސިޓީގެ މަސްވެރިން އަންނަނީ އިއްޔެއިން ފެށިގެން މުޒާހަރާކުރަމުންނެވެ.
މަސްވެރިންނަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް، ނިޒާރު ވިދާޅުވީ މަސްވެރިންނަށް މިފްކޯއިން ލިބެންޖެހޭ ފައިސާ ނުލިބިގެން އަނެއްކާވެސް އައްޑޫގެ މަސްވެރިން އިހްތިޖާޖް ފަށަން ޖެހުމަކީ ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން މަސްވެރިންނަށް އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ
މީގެ އިތުރުން ނިޒާރު ވިދާޅުވީ މިފްކޯ ހިންގުމުގެ ވިޔާނުދާ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެނެވި އެތަކެއް ސަރުކާރުތަކެއް ބަދަލުވެ ދިއުމާ މިސަރުކާރުންވެސް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމީ މަސްވެރިންނަށް މާޔޫސްކަން ގެނުވާ ކަމެއްކަމަށާއި އުއްމީދަކި ސަރުކާރުން އައްޑޫގެ މަސްވެރިންގެ އަޑު އަހައިގެން އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުންކަމަށެވެ.