English Edition
Dhivehi Edition
މީދޫގައި ބޭއްވި "އެޖެންޑާ-19 " ޖަލްސާގައި މެމްބަރު ނިޒާރު ވާހަކަ ދައްކަވަނީ- ފައިލް ފޮޓޯ ލުބްނާ އޭއޯ ނިއުސް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައިކޮށްދިނުމުގައި ދިމާވެފައިވާ މައްސަލައަށް މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް އަދި ދާއިމީ ހައްލެއް ނުލިބޭކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗު މަހުގެ ފަހުކޮޅުގައި އައްޑޫގެ އާރު.އޯ ޕްލާންޓުގެ ޕަމްޕަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން ފެނުގެ ޚިދުމަތަށް ބޮޑު ދަތިކަމެއް ދިމާވި އެވެ. މޭ މަސް ފެށުނު އިރުވެސް މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭކަން މޭޔަރު ނިޒާރު ފާހަގަކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ނިޒާރު ވިދާޅުވީ، “ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންގެ ޝަކުވާ އިތުރުވަމުންދާއިރު، މި މައްސަލައަށް ހައްލު ހޯދަން މިހާ ގިނަ ދުވަސް ނަގަންޖެހުމަކީ ނުކުޅެދުމެއް،” ކަމަށެވެ.

“މި ތަކުލީފަށް ވީހާވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ފެނަކަ މެނޭޖްމަންޓަށް އަޅުގަނޑު ގޮވާލަން،” ނިޒާރު އިތުރަށް ވިދާޅުވި އެވެ.

މާޗް މަހުގެ ފަހުކޮޅުން ފެށިގެން އައްޑޫގެ ބައެއް ސަރަހައްދުތަކަށް ފެން ސަޕްލައިކުރުމުގައި ދަތިތައް ދިމާވަމުންދާއިރު، ދާއިމީ ހައްލެއް ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ދަނީ އިތުރުވަމުންނެވެ.