English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހްސާން

މާލެ ސަރަހައްދުގައި އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މާލޭ ސަރަހައްދުގައި އެކަނިވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، ބައެއް ތަންތަނަށް ޓޫރިސްޓު ވިސާގައި ބިދޭސީން ގެނެސްގެން، އެ މީހުން ލައްވައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ ތަންތަނުން ހައްޔަރުކުރެވޭ ބިދޭސީން ޑީޕޯޓުކޮށްލުން ކަމަށެވެ. “މި ތަންތަނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،” އިހުސާން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މަސާޖުޕާލާތަކާއި ސްޕާތަކުގެ ނަމުގައި ހަށިވިއްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.