މެޕްސް ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔަގެ ކޯސްތަކަކީ މީގެ ހަ އަހަރު ކުރިން މެޕްސް ކޮލެޖުން ތަޢާރަފްކުރި ބައިނަލް އަޤްވާމީ ފެންވަރުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި މަގުބޫލު ކޯސްތަކެކެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ ފެންވަރުގެ ބެޗަލަސް ޑިގްރީގެ ސަނަދު އޮތް ކޮންމެ ފަރާތަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ މާސްޓަސް (އެމްބީއޭ) ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތިން ދާއިރާ އަކަށް ޚާއްޞަ ކުރެވިފައިވާ މި ކޯހުގައި ހިމެނެނީ އެމް.ބީ.އޭ (ޖެނެރަލް)، އެމް.ބީ.އޭ (ފައިނޭންސް) އަދި އެމް.ބީ.އޭ (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތަކެވެ.
އެމް.ބީ.އޭ (ފައިނޭންސް) ކޯހަކީ، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް އެކުދިންގެ ކުރިމަގު ބައްޓަން ކުރުމަށް އެހީވެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. ހަމައެއާއެކު ގިނަ ދަރިވަރުންގެ މެދުގައި މަޤުބޫލު އެއް ކޯސް ކަމަށްވާ އެމް.ބީ.އޭ (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯހަކީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ކޯހެކެވެ. ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން އިދާރީ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް މިއީ އެންމެ އެކަށީގެންވާ ކޯހެވެ. ޖުމްލަ 12 މަސް ދުވަސް ތެރޭ މި ކޯސް ނިންމުމަށްފަހު ދަރިވަރުންނަށް ބައިނަލް އަޤްވާމީ ފެންވަރުގެ ސަނަދު ލިބޭނެއެވެ. ބެޗެލާސް ޑިގްރީއެއް ނެތް ދަރިވަރުންގެ ތެރެއިން އެމް.ކިއު.އޭއިން ޤަބޫލުކުރާ ފެންވަރުގެ ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ލެވެލްގެ ސަނަދާ އެކު މަސައްކަތުގެ ތަޖުރިބާގެ އަލީގައި ވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ މަގުފަހިކުރެވިފައެވެ. މެޕްސް ކޮލެޖުން ހިންގާ އެމް.ބީ.އޭ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު މި ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 29ވަނަ ދުވަހާ ހަމައަށް ދަރިވަރުންނަށް ލިބޭނެއެވެ.
މެޕްސް ކޮލެޖަކީ ފާއިތުވި 24 އަހަރުތެރޭ މަތީ ތަޢުލީމުގެ ދާއިރާއިން އަގުހުރި ދަރިވަރުންތަކެއް މުޖްތަމަޢަށް ނެރެދީފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މަތީ ތަޢުލީމު އުނގަންނައިދިނުގެ ދާއިރާގައި ދިގު ތާރީޚެއް އޮތް މެޕްސް ކޮލެޖުން ކުރިމަގުގައި ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ފެންވަރު ރަގަޅު ތަޢުލީމީ ދަރިންތަކެއް މުޖްތަމައަށް ނެރުމަށް ކަމަށް އެ ކޮލެޖުން ބުނެއެވެ. ފަސޭހަކަމާއެކު އަމިއްލަ ޤައުމުގައިތިބެގެން ބައިނަލް އަޤްވާމީ ފެންވަރުގެ ސަނަދު ދަރިވަރުންނަށް ހޯދޭނެ ފުރުސަތު ފަހިކޮށްދިނުމަކީ އެކޮލެޖުގެ އެންމެ ބޮޑު އެއް އަމާޒުވެސް މެއެވެ. މެޕްސް ކޮލެޖުން ހިންގާ އިތުރު ކޯސްތަކާއިބެހޭ މަޢުލޫމާތު އެކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް www.maps.edu.mv ލިބިގެންދާއިރު، ކޮލެޖުގެ ނަމްބަރު 3314621އަށް ގުޅާލުމުންވެސް މަޢުލޫމާތު ލިބިގެންދާނެއެވެ.