English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރާއްޖޭގެ އިގުްތިސޯދީ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ނިޒާމު ދާދި އަވަހަށް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކުރުމަށްޓަކައި ޒަމާނީ އަސްކަރީ ގާބިލުކަން ވަރުގަދަކުރަން ޖެހޭ ކަން ގަބޫލުކުރައްވާ ކަމަށެވެ.

މި ގޮތުން ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމުކުރެވިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާލާއިރުވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ގިނަ ބަތަލުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ގައުމުގެ މިނިވަންކަމާ އިސްތިގްލާލު ރައްކާތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ ‘ޕްރޯ މޯލްޑިވްސް’ ގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.