English Edition
Dhivehi Edition

އެމްޑީޕީ ބައިވެރިވާ އިދިކޮޅުގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާނޭކަމަށާއި އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް އުމަރު ނަސީރު ގުޅިވަޑައިގަތުމުން އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއެކު ހިންގާ އެއްވެސް ހަރަކާތަކުން އޭނާ ނުފެންނާނެ ކަމަށާއި އެ ނިންމުމަކީ ވަރަށް ކުރިން ނިންމާފައިވާ ނިންމުމެއްކަމުން އޭނާގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ ކޮންމެ ޕާޓީއެއްގައިވެސް އަމިއްލަ ފިކުރުގެ މީހުން ތިބޭނެކަމަށާއި ޕާޓީއެއްގައި ހުރުމަކީ އެ ޕާޓީން އަންގައި ހުރިހާ ކަމެއްކޮށް، ހުރިހާ ކަމެއްގައި ބައިވެރިވާންޖެހޭ ކަމެއް ނޫން ކަމަށެވެ

އުމަރު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ އިން ބުނެފައިވަނީ އެމްޑީޕީ ހަލާކުކޮށްލުމަށް ފުރުސަތު އުމަރުއަށް ނުދެއްވާނެ ކަމަށާއި އެކަން ކުރުމުގެ މަގުސަދުގައި އުމަރު އަށް އެމްޑީޕީ އާއި ވައިވެސް އެޅުނަ ނުދޭނޭކަމަށެވެ