English Edition
Dhivehi Edition

އެމްޑީޕީ ހަލާކުކޮށްލުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެކަން ކުރުމުގެ މަގުސަދުގައި އުމަރު ނަސީރު އަށް އެމްޑީޕީ އާއި ވައިވެސް އެޅުނަ ނުދޭނޭކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ

ޖޭޕީއަށް އުމަރު ސޮއިކުރުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީ މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އުމަރު އަށް ވަނީ އަމާޒުވެފައެވެ.މި ގޮތުން ޖޭޕީގެ ރިޔާސީ ޓިކެޓްގައި ނިކުންނަވަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވިދާޅުވެފައިވާއިރު އެ ނިންމެވުން ނިންމެވުމުގެ ކުރިން ޖޭޕީގެ އަސާސީ ގަވާއިދު ބެލިންތޯ ވިދާޅުވެ ހަސަން ލަތީފު ވަނީ މީގެ ކުރިން އުމަރު އާއި ސުވާލު ކުރައްވާފަ އެވެ

ގިނަ ބައެއްގެ ފާޑުކިޔުންތައް ޖޭޕީ އަށާއި އުމަރުއަށް އަމާޒުވެފައިވާ އިރު ގާސިމް ވަނީ އުމަރު އާއި މެދު ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ