English Edition
Dhivehi Edition
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާ ސަފީރު

އިންޑިއާ އިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ނުވަތަ 1 ބިލިއަން ރުުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

މި އަހަރުގެ އޭޕްރީލް އިން އަންނަ މާޗުގެ ނިޔަލަށް ކުރިއަށްދާ މާލީ އަހަރަށް ލަފާކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ރާއްޖެ ހިމެނޭ ގޮތަށް ސަރަހައްދުގެ ގިނަ ގައުމުތަކަށް ހިލޭ އެހީ ފޯރުކޮށް ދިނުމަށް ނިންމާފައިވެއެވެ.

އަންނަ އަހަރު އެ ގައުމުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބޫޓާނަށް ދޭން ނިންމާފައިވާއިރު އެ ގައުމަށް 249 މިލިއަން ޑޮލަރު (2،068 ކްރޯޑު) ރުޕީސްގެ އެހީ ދޭން ވަނީ ހިމަނާފައެވެ

މީގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި މޮންގޯލިއާ އާއި ސީޝެލްސް އާއި މިޔަންމާ އާއި މޮރީޝަސްއަށް ވެސް އެހީ ދިނުމަށް އިންޑިއާގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.