English Edition
Dhivehi Edition
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން

ތަފާތު ކުށްތަކަށް އަރައިގަތުމުގެ ތުހުމަތުގައި އިންޑިއާގެ 43 މީހަކު ޑީޕޯޓުކޮށްލާފައިވާކަމަށް އިންޑިއާ ނޫސްތަކުން ބުނެފިއެވެ.

މިގޮތުން ވިއޯ ނިއުސްގައި ބުނެފައިވަނީ އެމީހުން ޑީޕޯޓުކޮށްލީ ތަފާތު ކުށްތަކާއި, ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގެ ތުހުމަތުގައިކަމަށެވެ.

އިންޑިއާގެ އިތުރުން މީހުން ޑީޕޯޓުކުރި ގައުމުތަކުގެ ތެރޭރޭގައި ބަނގުލަދޭޝް, ނޭޕާލް އަދި ސިރީލަންކާ ހިމެނެއެވެ.

މިގޮތުން ބަނގުލަދޭޝްގެ 83 މީހަކު, ސިރީލަންކާގެ 25 މީހަކު އަދި ނޭޕާލުގެ އަށް މީހުން ޑީޕޯޓުކޮށްލާފައިވެއެވެ.

ޑީޕޯޓުކޮށްލި ބައެއް މީހުންނަކީ ދިވެހިންގެ ނަމުގައި ވިޔަފާރިތައް ހުޅުވައިގެން, އެތަންތަން ހިންގާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަކަންކަން ކުރާ މީހުންނެވެ.

އިންޑިއާގެ ބަޔަކު ޑީޕޯޓުކޮށްލި ހަބަރު އިންޑިއާގެ ނޫސްތަކުން ސަމާލުކަން ހޯދާފައިވާއިރު, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު ވަނީ ނުތަނަސްކަން އުފެދިފައެވެ. މިގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން ވަނީ އަންގާފައެވެ.