English Edition
Dhivehi Edition
ފޮޓޯ: އުރީދޫ ޓްވިޓަރ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، އަދި ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް 21 ފެބްރުއަރީގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި ހިއްސާ ކުރާނެކަމަށެވެ.

މީގެ އިތުރުން އުރީދީ އިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރި ވުމުގެ ފުރުސަތުގެ އިތުރުން 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި ފެށޭ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މިގޮތުން، އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށެވެ.

އުރީދޫއިން ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާއިރު ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި ފެބްރުއަރީ މަހު އިއުލާން ކުރާނެއެވެ.

ޓެގު