English Edition
Dhivehi Edition
ބަންޑާރަ ނައިބު އަހުމަދު އުޝާމް: ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތައް، ދައުލަތަށް ވެސް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް އިސްލާހު ގެންނަން ނިންމައިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ ދައުރު ފަށާ ދުވަހަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަށް ހެދުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަނައިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަކީ ޒަމާނުންސުރެން ރާއްޖޭގައި ކަންހިންގަމުން އައިގޮތަށް، ރިޔާސީ ދައުރު ބަދަލުވާ ތާރީހަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަސް ކަމަށް ކަނޑައަޅަން ކަމަށެވެ.

ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެސް މިބަދަލު ގެނެވެން ނެތްކަން ފާހަގަކޮށް އުޝާމް ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރު ބަދަކުރާކަމުގައިވާނަަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމުގައެވެ. އެހެންކަމުން، މިކަމުގައި ގާނޫނުއަސާސީ އިސްލާހްކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ރައްޔިތުން އެކަމަށް ތާއިދުކޮށްފި ކަމުގައިވާނަމަ، 2028 ވަނަ އަހަރު ރިޔާސީ ދައުރު ފެށޭނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމުގައި އުޝާމް ވިދާޅުވިއެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އައި ކޮންމެ ދައުރެއް ފަށާފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ.