English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 11 ޖަހާއިރު ބާއްވަން ނިންމި ޖަލްސާ މެންދުރު 1 ޖަހާއިރަށް ފަސްކޮށްފިއެވެ.

މިއަދު ގެ ޖަލްސާގެ އެޖެންޑާގަައި އޮތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ އަލުން ބަލައި ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނަގާ ވޯޓު އެންމެ ފުރަތަމަ ތާވަލު ކުރީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމުން ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އެ ޕާޓީގެ މެންބަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

މި ހަމަނުޖެހުންތަކުގައި ދެ ޕާޓީގެ މެންބަރުންގެ މެދުގައި މާރާމާރީ ވެސް ހިންގާފާއިވާއިރު، އިއްޔެގެ ޖަލްސާ ނިންމާލީ ޒީރުންނަށް ރުހުން ދިނުމަށް ތިން ފަހަރަށް ވޯޓަށް އަހަން މަސައްކަތްކޮށް އެ ކަން ކާމިޔާބު ނުވެއެވެ.