English Edition
Dhivehi Edition
ފޮޓޯ:އަވަސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދޭ “މޯލްޑިވްސް ފުޓްބޯލް އެވޯޑްސް” ގެ މޮޅު ކުޅުންތެރިޔާގެ މަގާމް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ހޯދައިފިއެވެ

ޖެހި ޖެހިގެން ދެވަނަ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހާސިލްކުރި ސެންޓޭއަށް އެވޯޑު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ސެންޓޭއަކީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، މޮޅު ކުޅުމެއް ދައްކައިފައިވާ ކުޅުންތެރިއެކެވެ. ސެންޓޭގެ މޮޅު ކުޅުމާއެކު މިސީޒަނުގައި ނިއުއިންވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައެވެ

.ސެންޓޭ މިއެވޯޑް ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓްގެ އަލީ އަޝްފާގްއާއި، މާޒިޔާގެ މުހައްމަދު އުމެއިރު އާއި ހަމްޒާ މުހައްމަދުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ އާއި ނާއިޒް ހަސަންއާ ވާދަކޮށެވެ

މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން ސެންޓޭ އަށް ވަނީ އަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދޭ “ރަންބޫޓު” ވެސް ލިބިފައެވެ. ސެންޓޭ ވަނީ މިސީޒަންގައި ވެސް މިހާތަނަށް ޖުމްލަ 24 ގޯލު ކާމިޔާބުކޮށްފައެވެ