English Edition
Dhivehi Edition

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް(އެފް އޭ އެމް) އިން އައްޑޫގެ ސްކޫލްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ “އެފް.އޭ.އެމް. ގްރާސްރޫޓްސް ފެސްޓިވަލް” ނިންމާލައިފިއެވެ.

އައްޑޫގެ ހުރިހާ އަވަށެއްގެ ސްކޫލްތަކުގެ ގުރޭޑް 3،4އަދި 5 ގެ ކުދިންނަށް އަމާޒުކޮށްގެން ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް އެފް.އޭ.އެމްއިން ނިންމާފައިވާ މިފެސްޓިވަލްގެ ފުރަތަމަ ދުވަސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.

ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މިފެސްޓިވަލްގައި މިއަހަރު 300 ވަރަކަށް ކުދިން ވަނީ ބައިވެރިވެފައެވެ.

އެފްއޭމް ކުރިއަށް ގެންދިޔަ މިހަރަކާތަކީ މިއަހަރު އެފްއޭއެމް އިން އައްޑޫގައި ކުރިއަށް ގެންދިޔަ ފުރަތަމަ ހަރާކާތް ކަން ފާހަގަ ކޮށްލެވެއެވެ. އެފްއޭއެމްއިން މިއަހަރު ވަނީ މިއަހަރު 12،14 އަދި 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެއް އައްޑޫގައި ބާއްވަން ނިންމާފައެވެ.