English Edition
Dhivehi Edition
ގއ. ވިލިނގިލީގައ ވޯޓުލާ ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް / ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 17:00 އަށެވެ.

މި އިންތިހާބުގައި 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި އިންތިހާބުގައި 73 ދާއިރާއެއްގެ ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާއިރު މި އިންތިހާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގެ ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

މި އިންތިހާބުގައި، މާލެ ސަރަހައްދުގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ. އަދި މާލޭގައި އަތޮޅުތަކުގެ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ.