English Edition
Dhivehi Edition

އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އިކުއެޓޯރިއަލް ބެޑުމިންޓަން ފިއެސްޓާގެ މައިގަނޑު ބޭނުމަކީ ބީޑަބްލިޔުއެފް ސެޓިފައިޑް ލެވެލް އެކެއްގެ ފެންވަރު ރަނގަޅު ކޯޗުން އުފެއްދުން ކަމަށް ބެޑުމިންޓަން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެ އެސޯސިއޭޝަންގެ އިސްބޭފުޅަކު ވިދާޅުވީ މިމަހު 18 އިން 24 އަށް އައްޑޫސިޓީގައި ކުރިއަށްގެންދާ ލެވެލްއެކެއްގެ ކޯޗިން ކޯސްފުރިހަމަކުރާ މީހުން އެސެސް ކުރުމަށްފަހު ވޯލްޑް ބެޑުމިންޓަން ފެޑެރޭޝަންގެ އިންޓަރނޭޝަނަލް ލައިސެންސެއް ލިބޭނެ ކަމަށެވެ.

މި ކޯހުގައި ބައިވެރިވުމުގެ ކުރިން ޝަޓަލްޓައިމްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެސޯސިއޭޝަނުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ. ޝަޓްލް ޓައިމަކީ ސްކޫލްތަކުގެ ދަރިވަރުން ތަމްރީންކުރާނެ ކޯޗުން އުފައްދަން ނުވަތަ ޓީޗަރުންނަށް ޚާއްސަ ކޮށްގެން ބާއްވާ އިވެންޓެކެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދާ ބެޑުމިންޓަން ފިއެސްޓާގައި ހިމެނޭ ޝަޓްލްޓައިމް އިވެންޓް ފަށާނީ މާދަމާއެވެ. އެ އިވެންޓް ދެދުވަހަށް ދެމިގެންދާނެއެވެ.