English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑް ސާފް ކުރަން ހުޅުވާލައިފިއެެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ން ބުނީ މަޖިލީސް އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިހާބަށް ހާއސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު، ކެންޑިޑޭޓުންނަށް ފަސޭހަކުރުމުގެ ގޮތުން، ދުރާލާ ފުރުސަތު ދިނުމަށް ކޮމިޝަނުން ބޭނުންވާ ކަމަށެވެ.

މިގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު 14 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، އިންތިހާބަށް ކުރިމަތިލާން އެދޭ މީހާ އާއި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އެހެންކަމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް އީސީ އިން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީސްއިންތިހާބުގައ ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖަނަވަރީ 31 ވާ ބުދަ ދުވަހުން ފެށިގެން ފެބްރުއަރީ 14 ގެ ނިޔަލަށް ހުޅުވާލުމަށް އީސީ އިން ވަނީ ނިންމާފައެެވެ. .