English Edition
Dhivehi Edition

މެޕްސް ކޮލެޖުގެ ފަރާތުން އަނެއްކާ ވެސް އާއްމުންނަށް ވަރަށް ޚާއްސަ ފުރުސަތެއް ފަހިކޮށްދީފިއެވެ. މިފަހަރު މި ފުރުސަތު ފަހިކޮށް ދިނީ މެޕްސް ކޮލެޖު އެ ކުންފުންޏަކަށް ނިސްބަތްވާ މައި ކުންފުނި ފަލިމް ގްރޫޕާއި ގުޅިގެންނެވެ. ދެހާސް ސައުވީސް ވަނަ އަހަރުގެ ތެރޭ ފަލިމް ގްރޫޕުން ދޭ ‘ފަލިމް ގިވްސް’ ގައި ހިމަނައިގެން މެޕްސް ކޮލެޖުގެ ފަރާތުން ފަސް ފަރާތަކަށް ހިލޭ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ގްރޭޑް ދިހައެއް ފުރިހަމަކޮށް ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ޢުމުރުން ވިހި އަހަރުގެ ކޮންމެ މީހަކަށް ވެސް ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި ބައިވެރި ވެވޭނެއެވެ. ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު މެޕްސް ކޮލެޖުން ހިންގާ ކޮންމެ ބެޗެލަރސް ޑިގްރީގެ ކޯހެއްގައި ބައިވެރިވެ ސަރުކާރުގެ ފަސްޓް ޑިގްރީ ގްރާންޓް ސްކީމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މެޕްސްއިން މަޢުލޫމާތު ދެއްވައެވެ.

‘ފަލިމް ގިވްސް’ގެ ދަށުން ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު އެބައޮތެވެ. އަދި އާއިލާ މެމްބަރަކު ނުވަތަ ރަޙުމަތްތެރިއެއްގެ ނަން ވެސް ހުށަހެޅިދާނެއެވެ. އެއް ފަރާތަށް އެކަކަށް ވުރެ ގިނަ މީހުންގެ ނަން ވެސް ހުޅަހެޅިދާނެއެވެ. މިގޮތުން ނަން ހުށަހަޅަން ބޭނުން ފަރާތްތަކުން މެޕްސް ކޮލެޖުގެ ފޭސްބުކް އަދި އިންސްޓަގްރަމް ޕޭޖަށް ނަމާއި ގުޅޭނެ ނަންބަރު ޑިރެކްޓް މެސެޖް (DM) ކޮށްލެއްވުމުން ގުރުއަތުގައި ބައިވެރިވެވޭނެއެވެ. ގުރުއަތު ނެގުން އޮންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. މިގޮތުން ގުރުއަތުން ނެގޭ ފަސް ފަރާތަކަށް ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގައި މުޅިން ހިލޭ ބައިވެރި ވެވޭނެއެވެ. މި ކޯހަކީ އޮންލައިންކޮށް އަދި ފޭސް ޓު ފޭސް ކޮށް ކިޔަވާދޭ ތިން މަސް ދުވަހުގެ ކޯހެކެވެ.

‘ފަލިމް ގިވްސް’ގެ ދަށުން ފަލިމް ގްރޫޕްގެ އިތުރު ކުންފުނިތަކުން ވެސް ގިނަ ހަދިޔާ ތަކެއް ޢާއްމުންނާ ހަމައަށް ގެނައުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިގޮތުން ހަޒާ ކޮންސްޓްރަކްޝަން، މޫދު ހޮލިޑޭޒް މޯލްޑިވްސް، އައިމިނަ ޕްރިމިއާ ލައުންޖް، ކްރޯސަރީ ސްޓޯ އަދި އިންސައިޓް ކޮންސަލްޓަންސީ ސަރވިސަސް ގެ ފަރާތުންދޭ ޚާއްސަ ހަދިޔާ ތަކާ ބެހޭ މަޢުލޫމާތު ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރާގައި އެފަރާތްތަކުގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެކަމަށް ފަލިމް އިން މަޢުލޫމާދުދެއްވައެވެ.

ފަލިމް ގްރޫޕަކީ ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި މުޖްތަމައަށް ތަފާތު އެކި ދާއިރާ ތަކުން ގިނަގުނަ ޚިދުމަތް ކޮށްދީފައިވާ އާއްމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. ‘ފަލިމް ގިވްސް’ ގެ ދަށުން މުޖްތަމަޢުގެ ގިނަ ބަޔަކަށް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ފަލިމް ގްރޫޕްގެ އުއްމީދެވެ.