English Edition
Dhivehi Edition
މިއަދު ކުރިއަށް ގެންދިޔަ ބައި އިލެކްޝަންގައި އާޒިމް ވޯޓު ދެއްވަނީ

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

މިަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަންގައި އާޒިމްއާ އެންމެ ގާތުން ވާދަކުރެއްވީ، ސަރުކާރުގައި އޮތް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އާޒިމާ ޝަކޫރެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހުންނެވި އާދަމް އާޒިމްވަނީ ،މިހާތަނަށް ގުނުނު ފޮށިތަކުން 5,303 ވޯޓު ހޯއްދަވައިފައެވެ

މޭޔަރުކަމަށް އާޒިމްގެ އިތުރުން ވާދަކުރެއްވި ބޭފުޅުންގެ ނަތީޖާތައް:

އާއިޝަތު އާޒިމާ ޝަކޫރު – ޕީއެންސީ – ލިބުނު ވޯޓު: 3،301
ޝުއައިބު އަލީ (ފުރަހަނި) – އަމިއްލަ ގޮތުން – ލިބުނު ވޯޓު: 91
ހުސައިން ވަހީދު – ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން – ލިބުނު ވޯޓު: 1،236
މުހައްމަދު ސައިފް ފާތިހު – ދަ ޑިމޮކްރެޓްސް – ލިބުނު ވޯޓު: 1،634bb