English Edition
Dhivehi Edition

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

https://x.com/MMuizzu/status/1725452490580300220?s=20

މޭޔަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި ކުރެއްވި ބުރަ މަސައްކަތަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާ އެކު، އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެއްވަވާނެ ކަމަށްވެސް އެ ޕޯސްޓްގައި ވެއެވެ.

މިއަދު ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމުގެ ހުވައިކުރުމަށް މާލޭ މޭޔަރުކަމުން ވަކިވެވަޑައިގެންނެވިއިރު އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރެއްވުމަށް މުއިއްޒު ވަނީ މި މަހު ހަތަރެއްގައި މޭޔަރު ކަމުގެ ޒިންމާތަކުން އެއްފަރާތްވެވަޑައިގެންފަ އެވެ. އަދި އެ ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ވަނީ ހަވާލުކުރައްވާފައެވެ.

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 2021ވަނަ އަހަރުގެ މެއި މަހުގެ 17ވަނަ ދުވަހުއެވެ.

އިންތިހާބީ ރައީސް މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މިއަދުގެ މި ބޮޑު ރަސްމިއްޔާތުގައި ދައުވަތު ދީގެން 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.