English Edition
Dhivehi Edition
މާލޭ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ

މާލޭގެ ބާރުބޮޑު މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި އިތުރު ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ނިންމެވި ނިންމެވުންތައް ތަންފީޒު ކުރުމުގެ ގޮތުން، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، މިއަދު ޑިއުޓީ ކުރަން ފަށާފައިވާއިރު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި ސްކޫލުތައް ކައިރި ސްޓެޓިކްކޮށް ބެލެހެއްޓުމާއި ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އެގޮތުން، އަމީނިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލު އަދި މަޖީދިއްޔާ ސްކޫލު ގެ އިތުރުން ހުރަވީ ސްކޫލާއި ރެހެންދި ސްކޫލު ކައިރީގައި، އެ ސްކޫލުތަކުގެ ސެޝަންތައް ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑި ތަކުގައި މިއަދުން ފެށިގެން ސްޓެޓިކޮށް ބަލަހައްޓަމުން ގެންދާނީ ފުލުހުންގެ ސީނިއަރ އޮފިސަރުންނެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާއިން ބުނީ އިތުރު ފުލުހުން މަގުތަކަށް ޑިޕްލޯއިކޮށްގެން މީހުން އާއްމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގެ އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްވެސް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓެގު