English Edition
Dhivehi Edition

މާލޭގެ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކާ ފޭރުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމިހާ ހައްޔަރުކުރީ މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރު ދައްކައި، ފޯނު ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ ބުރުނީގޭ އުމުރުން 26 އަހަރުގެ ޝާނާ މުހައްމަދު ޖުނައިދުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަޙްގީގުކުރަމުންނެވެ.