English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސްގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައާރަފުކުރެއްވި އެ ބޯޑުގެ މައިގަނޑު މަގްސަދަކީ، ގައުމީ ކަންކަމުގައި ޒުވާނުންގެ ހިއްސާއާއި އެއްބާރުލުން އިތުރުކުރުމެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައިވަނީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސްގެ ބޯޑުގެ މެންބަރަކަށް ވުމަށް 2 ދާއިރާއަކުން ކުރިމަތިލެވިދާނެއެވެ. މި ގޮތުން ފަންނިއްޔަތާއި ފަންނުވެރިކަމުގެ ދާއިރާއިން އަންހެން އަދި ފިރިހެން ޒުވާނަކާއި އަދި ޒުވާނުން ބައިވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ސިވިލް ސޮސައިޓީގެ ދާއިރާއިން އަންހެނަކާއި ފިރިހެނަކަށް ކުރިމަތިލެވޭނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި ބޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނަކަަށްވުން، ފަންނީ ޤާބިލުކަން ނުވަތަ ތަޖުރިބާ ހުރުމާއެކު 5 އަހަރު ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައި ނެތް ފަރާތަކަށްވުން ހިމެނެއެވެ. ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސްގެ ބޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، މިމަހުގެ 8 ވާ ހޯމަދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިއެވެ.

ޔޫތު އެޑްވައިޒަރީ ބޯޑުގައި ޖުމްލަ 15 މެމްބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ 2 ބޭފުޅުންނާއި ޤައުމީ އަދި އިސްލާމިކް ޔުނިވާސިޓީގެ ރައީސުންނާއި ކުޅިވަރުގެ މައިދާނުގައި ޤައުމު ތަމްސީލުކޮށްދޭ ޒުވާނުންގެ ތެރެއިން ހޮވާލެވޭ 2 ޒުވާނުންނެވެ. މީގެ އިތުރުން މި ބޯޑުގައި ޒުވާނުންނަށް ހިދުމަތްކުރުމުގެ ޖަމިއްޔާތަކުގެ ތެރެއިން 2 ބޭފުޅުންނާއި ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާގެ 2 ބޭފުޅަކާއި އެކު މަތީ ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރަކު ހިމެނެއެވެ.