English Edition
Dhivehi Edition
މެންބަރު ސިޔާމް އަދި ބައްޕާފުޅު ގާސިމް ފޮޓޯ: ޕީއެސްއެމް

ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ ބައްޕާފުޅު މުހައްމަދު ގާސިމް އަވަހާރަވެއްޖެއެވެ.

ސިޔާމްގެ ބައްޕާފުޅު އަވަހާރަވީ އުމުރުން (81 އަހަރު)ގައި ރޭ ފަތިހުގެ ވަގުތެއްގައެވެ.

ނ. ކުޑަފަރިއަށް ނިސްބަތްވާ ގާސިމް އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ.

ނ.ކުޑަފަރިއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާސިމް ވަނީ ކުޑަފަރީގެ ކަތީބުކަމާއި، އެ ރަށު މަދަރުސާގެ ނާޒިރުކަން ކުރައްވާފައެވެ.