English Edition
Dhivehi Edition
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓުމުން ފޮރިން މިނިސްޓްރީއިން ސިންގަޕޫރުގެ އެކި އިދާރާތަކަށް ސިޓީ ފޮނުވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ރާއްޖޭގެ 4 ވަނައަށް އެންމެ ބޮޑު ޕާޓީ، އެމްޑީއޭގެ ލީޑަރު ކަމަށެވެ. ސިޔާމަކީ ރަނގަޅު ޝަހުސިއްޔަތެއްގެ ވެރިއެއްކަން ފާހަގަކޮށް މިނިސްޓްރީން ފޮނުވި ސިޓީގައިވަނީ ސިޔާމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތައް ހޯދާފައިވާ ފަރާތެއްކަމަށެވެ.

މިހާރު ތަހުގީގުކުރަމުންދާ ހިލްޓަން މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާ ފުރުން މަނާކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ސިންގަޕޫރަށް ވަޑައިގަތީ އެ ފައިސާ ނުދައްކައިގެން ކޯޓަށް ހާޒިރުވުމަށް ފޮނުވި ޗިޓަކާ ގުޅިގެންނެވެ.

މި މައްސަލައަކީ 2009 ވަނަ އަހަރު ސަން ޓްރެވަލްސް އިން ހިލްޓަން އާއެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އަހަރު އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފައިވާ މައްސަލައެވެ. އަދި ސިޔާމް ކުންފުނިން، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ވަނީ އަމުރުކޮށްފައެވެ.