English Edition
Dhivehi Edition

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއާ ބެލޫން ފެސްޓިވަލް ހުޅުމާލޭ ޔޫތު ޕާކްގައި ބޭއްވުމަށް ނިންމައިފިއެވެ. މި އަންނަ ފިތުރު ޢީދާ ދިމާކޮށް ޖޫން 25 އަދި 26 ގައި ބާއްވަން ހަމަޖެހިފައިވާ މި ހަރަކާތަކީ ޔުނިކްސް ސްޕޯޓިން، ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ބާއްވާ ހަރަކާތެކެވެ. ހޮޓް އެއާ ބެލޫންއަށް އަރަން ބޭނުންވާ ފަރާތްތައް ޓިކެޓު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބެލޫންއަށް އަރާ 12 އަހަރުން މަތީގެ ކޮންމެ މީހަކަށް ޓިކެޓެއް ވިއްކަނީ 700 ރުފިޔާ އަށެވެ. އަދި ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޓިކެޓު ވިއްކަނީ 350 ރުފިޔާއަށެވެ. ޓިކެޓު ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން އިވެންޓުގެ ހޮޓްލައިން ނަމްބަރު 9901009 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް މި އިވެންޓް އިންތިޒާމްކުރާ ފަރާތުންވަނީ އެދިފައެވެ. މި ހަރަކާތުގައި ބޭނުން ކުރަނީ ސިވިލް އޭވިއޭޝަން ހުއްދަ ދީފައިވާ ބޭރު ކުންފުންޏެއްގެ ބެލޫންތަކެކެވެ. އަދި އެ ބެލޫންތައް އޮޕަރޭޓުކޮށް އުދުއްސައިދިނުމަށް ވެސް އެ ކުންފުނީގެ ހާއްސަ ޓީމެއް ރާއްޖެ އައުމަށްވަނީ ހަމަޖެހިފަ އެވެ