English Edition
Dhivehi Edition
ރައީސް ޑރ.މުއިއްޒު އާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ތަރައްގީގެ އެކިއެކި މަޝްރޫޢުއުތަކާއި ގައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ޑރ.މުހައްމަދު ވަނީ މިދިޔަ ހަފްތާ ތެރޭ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައެވެ.