English Edition
Dhivehi Edition

ދޮގާއި ފިތުނަ އުފައްދާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޝަފީޢު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރާއި ދެކޮޅަށް ލިޔުންތައް ޝާއިޢު ކުރަމުން އައި، ބައެއް ވެބްސައިޓުތައް ބްލޮކް ކުރިކުރުމަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާނީ އެކަމަށް ރައްދުދެއްވާ އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ޝައިޚް ޝަފީޢު ވިދާޅުވީ ރަޖިސްޓްރީކުރުމެއް ވެސް ނެތި، ޒިންމާދާރުކުރެވޭނޭ ގޮތެއް ވެސް ނެތި، ދޮގާއި ފިތުނަ އުފައްދާން ހިންގާ ވެބްސައިޓުތައް ބަންދުކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށެވެ. އަދި ދީނީ ނަޒަރަކުން ބެލިޔަސް އެއީ ކުރަން ޖެހޭނޭ ކަމެއްކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

” ރަޖިސްޓްރީކުރުމެއް ވެސް ނެތި، ޒިންމާދާރުކުރެވޭނޭ ގޮތެއް ވެސް ނެތި، ދޮގާއި ފިތުނަ އުފައްދާން ހިންގާ ވެބްސައިޓުތައް ބަންދުކުރުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ. ދީނީ ނަޒަރަކުން ބެލިޔަސް އެއީ ބަންދުކުރާން ޖެހޭ އެއްޗެއްސެވެ.” ޝައިޚްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކުރުސީ.ކޮމް އާއި، ދިޔަވަރު.ކޮމް ބަންދު ކުރުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުން އަންނައިރު، ސަރުކާރުން ބުނެފައިވަނީ އެ ދެ ވެބްސައިޓު ހިންގަމުން އަންނަނީ ރަޖިސްޓަރ ނުކޮށް ކަމަށާއި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ހިންގުމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.

އަދި މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.