English Edition
Dhivehi Edition

ބްރެޒިލްގެ ފްލުމިނެންސޭ ބަލިކޮށް ފީފާ ކުލަބް ވޯލްޑްކަޕް މުފުޓްބޯޅަ މުބާރާތުފެ ޗެމްޕިއަންކަން އިންގިރޭސި ވިލާތުގެ ޗެމްޕިއަން އަދި ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި އެވެ.

މެންޗެސްޓަރ ސިޓީން ކުލަބު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދިއިރު، ރޭ ކުޅުނު ފައިނަލް މެޗުގައި އެޓީމުން ބްރެޒިލްގެ ފްލުމިނީސް ބަލިކުރީ 4-0 ގެ ނަތީޖާއިންނެވެ.

މި ސިޓީން މި އަހަރުގެ ތެރޭގައި ހޯދި ފަސްވަނަ ތަށްޓެވެ. ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސިޓީން ވަނީ މިއަހަރުތެރޭ އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި އެފްއޭ ކަޕާއި، ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.

ސައުދީގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 40 ވަނަ ސިކުންތުގެ ތެރޭގައި ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑުޖަހައި ސިޓީ އަށް މި މެޗުގައި ލީޑު ނަގާދީފަ އެވެ. މިއީ ކްލަބު ވޯލްޑް ކަޕްގެ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑުވެސް މެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ދެވަނަ ލަނޑެއް ކާމިޔާބު ކުރިއިރު މި ލަނޑަކީ ފްލުމިނެންސޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ފިލް ފޮޑެން ކާމިޔާބު ކުރިއިރު އެޓީމުގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށް ދިން އަލްވަރޭޒް އެވެ.

ކްލަބް ވޯލްޑް ކަޕް މިހާތަނަށް އެންމެ ގިނަފަހަރު ކާމިޔާބު ކުރި ޓީމަކީ ސްޕްެިންގެ ރެއާލް މެޑްރިޑެވެ. އެ ކްލަބުން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.