English Edition
Dhivehi Edition

އިންޑިއާ ކަނޑުގައިވާ ދިވެހިރާއްޖެ އަކީ އޭޝިއާ ސަރަހައްދުގެ އެންމެ ކުޑަ އަދި އެންމެ އާބާދީ މަދު ގައުމެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުގައިވާ ދިވެހިރާއްޖެ ބޭރު ދުނިޔޭގައި މައްޝޫރުވެފައިވަނީ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިއަދު ފެންނަމުން ދާ މަންޒަރުތަކަށް ބަލާލާއިރު ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ބުނެވޭކަށް ނެތެވެ. ރޯމާ ދުވާލު މީހުން ކަތިލާ ފޭރެމުންދާއިރު މީ ދުނިޔެމަތީގެ ސުވަރުގެ އެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އާބާދީ ކިތެންމެ މަދު ކަމުގައިވިޔަސް މި ކުޑަކުޑަ ގައުމުގައި ފޭރުމާއި، ވައްކަންކުރުން،ހަށިވިއްކުމާއި،ރިބާކެއުން އަދި މީހުން މެރުންފަދަ އެތައް ޖަރީމާތަކެއް އަންނަނީ އާންމުވަމުންނެވެ

ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ދައުވާކުރަމުންދާ ރާއްޖޭގައި ފާއިތުވެ ދިޔަ 16 އަހަރު 63 މީހުންވަނީ މަރާލާފައެވެ. 5 އެޕްރީލް 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީޒުގެ މަރުގެ ހަބަރާއެކު ދިވެހިންނަށް ލިބުނީ ކުއްލި ހައިރާންކަމަކާއި ބިރުވެރިކަމެކެވެ. އެ ވާހަކަ އަޑުއެހި ކޮންމެ މީހެއްގެ ގައިން ހީބިހި ނަގައިގެން ދިޔައީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ރަހުމު ކުޑަ ގޮތަކަށް މީހަކު މަރާލި ފުރަތަމަ ފަހަރުކަމުގައި ވުމުންނެވެ

އެހެން ނަމަވެސް ޑިމޮކްރަސީ އާއި އެކު ރާއްޖެއަށް އައި ހަލަބޮލި ދުވަސްތަކުގެ ތެރޭގައި، 2003 ވަނަ އަހަރު މާފުށީ ޖަލުގައި ގައިދީން ހިންގި ހަމަނުޖެހުންތަކުގައި ހަސަން އިވާން ނަސީމު މަރުވެފައިވާއިރު އެ ހަމަނުޖެހުންތަކުގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް އަބްދުއްﷲ އަމީން މަރުވެފައިވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ. މީގެ އިތުރުން މި ހަމަނުޖެހުންތަކުގައި ލަންކާގެ ކޮލަންބޯގައި ފަރުވާދެމުންދަނިކޮށް އަލީ އަސްލަމް އާއި އަހްމަދު ޝިޔާޒު ވަނީ މަރުވެފައެވެ.އޭރު ޖަލުގައި ބަޑީ ޖަހާ 4 ޒުވާނުން މަރާލި ވާހަކަ އިދިކޮޅު ސިޔާސީ ފަރާތްތަކުން މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރު ބަދަލުކޮށްލުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައެވެ

2003 ވަނަ އަހަރު ގެއްލިގެން ދިޔަ ހަތަރު ފުރާނައާއި އެކު ދެ ތިން އަހަރުވަންދެން މީހުން މެރުން މަޑުޖެހިފައި އޮތުމަށްފަހު 2006 ވަނަ އަހަރު އުމުރުން 20 އަހަރުގެ މުހައްމަދު ޝިހާބު މަރާލުން ވެގެންދިޔައީ މީހުން މެރުމުގެ ސިލްސިލާގެ ފެށުން ކަމުގައެވެ. މި ގޮތުން 2007 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައި ކުޅުދުއްފުށީގައި މޮގަލް ހުސެއިން ކިޔާ ބަންގްލަދޭޝްގެ ރައްޔަތަކުވަނީ މަރާލާފައެވެ. 2007 ވަނަ އަހަރު ޑިސެމްބަރު މަހު ވުޑް އެޕަލް ކައިރީގައި އަލީ އިޝާރު(ޗޯޓޭ) މަރާލާފައިވާއިރު މީ ރާއްޖޭގައި ހިނގި ފުރަތަމަ ގުރޫޕް މާރަމޭރީކަމުގައި ކަމާބެހޭ ފަރާތްތަކުންވަނީ ހަމަކޮށްފައެވެ

2008 ވަނަ އަހަރު ޖުމްލަ ފަސްމީހުން މަރާލާފައިވާއިރު ލޯބިވެރިޔާ ދިން އަނިޔާތަކަށް ފަރުވަދެމުންދަނިކޮށް ނަދީމާ އިސްމާއިލް މަރުވެފައިވަނި ރ.އަތޮޅު ހޮސްޕިޓަލަށެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ގުރޫޕް މަރާމޭރީގައި 14 އަހަރާއި 15 އަހަރުގެ ކުޑަކުދިންވަނީ މަރާލާފައެވެ. ގ.އާގޭގެ ތިންވަނަ ފަންގިފިލާގައި ހަމާލާދީފައިވާ ޝިފާއު އިސްމާއިލް(14) މަރުވެފައިވަނީ ހޮސްޕިޓަލުގެ ކޯމާގައި ފަރުވާދެމުން ދަނިކޮށް އޭގެ ހަފްތާއެއް ފަހުންނެވެ. ސައިކަލެއްގައި ދަނިކޮށް މަގުމައްޗަށް ވައްޓާލުމަށްފަހު ގިނަ ހަމަލާތަކެއް ދީފައިވާ އުމުރުން 15 އަހަރުގެ ޝަނީދު މަރުވެފައިވަނީ އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް ލަންކާގައި ފަރުވާ ދެމުން ދަނިކޮށެވެ. ޖަނަވަރީމަގުގައި ހުންނަ ކެލަމް ފިހާރައިގެ ކުރިމަތީގައި ސަމީރު އަބްދުއްﷲ މުއީން މަރާލާފައިވާއިރު އެ އަހަރުވަނީ ބަންގްލަދޭޝްގެ ރައްޔަތަކުވެސް މަރާލާފައެވެ

2009 ވަނަ އަހަރު ފެށިގެން އައީ އަނެއްކަވެސް އިތުރު މަރަކާއެކުގައެވެ. އަބްދުއްﷲ ފަރުހާދު މަރުވެފައިވަނީ ‘ޔޫއެން’ ޕާކް ތެރޭގައި ހަމަލާ ދިނުމަށްފަހު ސަލާމަތްވުމަށް އޭނާ މަސައްކަތް ކުރަމުން ދަނިކޮށް ބުރަކައްޓައް ކަޓަރެއް ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. މީގެއިތުރުން އާއިލާ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އުމެއިރް ހުސެއިން ކިޔާ ޒުވާނަކު މަރުވެފައިވާއިރު މަރިޔަމް ޝީރީން މަރާލުމަށްފަހު އޭނާގެ ލޯބިވެރިޔާވަނީ ފޮއްޓަކަށްލުމަށްފަހު ކޮންސްޓްރެކްޝަން މަސައްކަތްކުރަމުންދިޔަ ތަނަކަށް އޭނަގެ ހަށިގަނޑު އެއްލާލާފައެވެ

28 ޖެނުއަރީ 2009 ގައި ގޭންގް ހަމަނުޖެހުމެއްގައި އަބްދުއްﷲ ޝުހާދު މަރާލާފައިވާއިރު 30 ޖުލައި ގައި އުމުރުން 17 އަހަރުގެ މުހައްމަދު ހުސެއިން މަރުވެފައިވަނީ ގުރޫޕަކުން ދިން ހަމަލާއެއްގައި ލިބުނު ޒަހަމްތަކައް ފަރުވާ ދެމުންދަނިކޮށެވެ. ކުރީގެ އަނބިމީހާގެ ހަމަލާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔަ ހަސަން ޝާހިދު މަރުވެފައިވަނީ އޭޑީކޭގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށެވެ. 2009 ވަނަ އަހަރު ވަނީ ރަހުމު ކުޑަގޮތަކަށް އުމުރުން ދުވަސްވީ މީހަކުވެސް މަރާލާފައެވެ.61 އަހަރުގެ ހުސެއިން މުހައްމަދު މަރާލާފައި އޮއްވާ ފެނުނުނީ ފަޅުގެއެއްގެ ތެރޭގައި ދެއަށް ފުރަގަހަށްލާ ބަނދެފަ އޮއްވައެވެ

2011 ވަނަ އަހަރު ތިން މީހުން މަރާލާފައިވާއިރު އަހްސަން ބަޝީރު މަރުވެފައިވަނީ އަލިކިލަގެފާނު މަގުގައި ހިނގި ހަމަނުޖެހުންތަކުގައި ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މީގެ އިތުރުން 14 އެޕްރީލް 2011 ގައި އަހްމަދު މިރްޒާދު މަރާލާފައިވާއިރު ޝަރީފު ކިޔާ ބަންގްލަދޭޝްގެ ރައްޔަތަކުވެސް ވަނީ އަނިޔާވެރި ގޮތަކަށް މަރާލާފައެވެ

2012 ވަނަ އަހަރު ވެގެން ގޮސްފައިވަނި ރާއްޖޭގައި މީހުން މެރުމުގެ އަދަދު އިތުރުވެގެން ދިޔަ ‘ރެކޯޑް’ އަހަރެއްކަމުގައެވެ. 2012 ވަނަ އަހަރު ފެށިގެން އައީ އަލީ ހުސެއިން(އައްޔުބެ)ގެ މަރާއެކުގައެވެ. ޖެނުއަރީ މަހު މަރާލި އައްޔުބެގެ މަރާއެކު ޖެހިގެން އައި ފެބްރުއަރީ މަހު އަބްދުއްﷲ މުހީތު(ބޮބީ) މަރާލާފައިވަނީ އެހެން މީހެއް ކަމަށް ހީކޮށް ‘އޮޅުމަކުން’ ކަމުގައި ހަމަލާދިން ގުރޫޕުންވަނީ ބުނެފައެވެ. އެއްވެސް ކުށެށް ނެތް ބޮބީ ގެ މަރާއެކު އާއިލާއާއި ރައްޓެހިން އިންސާފަށް ގޮވަމުން ދަނިކޮށް 1 އެޕްރީލްގައި އަލީ ޝިފާން ކިޔާ ޒުވާނެއްގެ އިތުރުން އުމުރުން ދުވަސްވީ މީޙެއް ކަމުގައިވާ، ފާތިމަތު ޒަކަރިއްޔާ ވަނީ މަރާލާފައެވެ. ޖެހިގެން އައި މެއި މަހު އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރު މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގެއިންނެވެ. މީގެ އިތުރުން ޕާކު ތެރޭގައި ނިދާފައި އޮއްވާ މުހައްމަދު އަރްޝަމް މަރާލާފައިވަނީވެސް މެއި މަހުގައެވެ. މ.މަސްރޫރާ ގޭގައި މަރާލުމަށްފަހު ކުނިއަޅާ ކޮތަޅެއްގެ ތެރެއަށް އަޅާފައިވާ، ގާނޫނީ ވަކީލް އަހްމަދު ނަޖީބު މަރަށް ފަހު ހަމަ އެމަހުގައި ދެން އިވިގެން ދިޔައީ ޑިއުޓީގައި އުޅުނު ފުލުހެއްކަމުގައި އާދަމް ހަލީމު މަރާލި ހަބަރެވެ. މި ދެ މަރުގެ ވާހަކަ ދައްކާ ނުނިމެނީސް ދެން އިވިގެން ދިޔައީ 02 އޮކްޓޯބަރ ގައި އަނިޔާވެރި ގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ އަދި ރައްޔަތުންގެ މަޖީލީހުގެ މެމްބަރު އަފްރާޝީމް އަލީގެ މަރުގެ ހަބަރެވެ. މި ހަބަރާއެކު ދިވެހިންނަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔަ އިރު ސިޔާސީ ފަރާތްތަކުން އަފްރާޝީމްގެ މަރު ބޭނުން ކުރަމުން ދިޔާއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ފުލުހެއްގެ އިތުރުން ރައްޔަތުންގެ މަޖިލީހުގެ މެމްބަރަކާއި ގަނޫނީ ވަކީލެއްގެ މަރާއެކު އިންސާފު ނުލިބި ތިބި އެތައް ބަޔަކަށް އިންސާފު ލިބިގެންދާނެ ކަމުގެ އުއްމީދު ލިބިގެންދިޔަ ނަމަވެސް އަހަރު ނިމިގެން ދިޔައީ ބަންގްލަދޭޝްގެ ރައްޔަތެއްކަމުގައިވާ މޮނީރުލް އިސްލާމުގެ މަރާއެކުގައެވެ(ނުނިމޭ