ބޮލީވުޑްގެ ޒުވާން ތަރި ތުނީޝާ ޝަރުމާ އުމުރުން އެންމެ 20 އަހަރުގައި އަމިއްލަ އަށް މަރުވުމާއި ގުޅިގެން އޭނާގެ މަންމަގެ މައްޗަށް ތުހުމަތު ތަކެއް ލޯބިވެރިޔާ ޝީޒާންގެ އާއިލާއިން ކޮށްފިއެވެ.
ތުނީޝާ ދަންޖެހިގެން އަމިއްލަ އަށް މަރުވުމާއި ގުޅިގެން ލޯބިވެރިޔާ ޝީޒާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކުރުމާއެކު ދެ އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކޮށް މީޑިއާ އަށް އެކި އެކި މައުލޫމާތު ހިއްސާ ކުރަމުން ދެއެވެ.
އެގޮތުން ޝީޒާންގެ އާއިލާއިން ބުނީ ، ތުނީޝާ އާއި ދޭތެރޭ އޭނާގެ މަންމަ އާއި ބޭބެ މެން ކަންތައް ކުރަނީ ވަރަށް އިހާނެތި ކޮށް ކަމަށާޢި އޭނާ އަށް ޗަންދިގަރަށް ދާން މަންމަ އަމުރު ކުރުމުން ނުދިޔުމުން ވެސް ފޯނު ހަލާކު ކޮށް ތުނީޝާގެ ކަރުގައި މަންމަ ހިފާފައި ވާކަމަށް ޝީޒާންގެ ދައްތަ ބުންޏެވެ. މީގެ އިތުރުން ތުނީޝާ އަށް ލިބޭ އާމްދަނީ ހިފަހައްޓައި އޭގެން މަންމައާއި ބޭބެމެން ބޭނުންކޮށް ތުނީޝާއަށް ފައިސާނުދޭ ކަމަށްވެސް ޝީޒާންގެ ދައްތަ ފަލަގްނާޒް ބުންޏެވެ.
މީގެ އިތުރުން ޝީޒާންގެ ވަކީލު ޝައިލެންދްރާ މިޝްރާ ބުނީ ޝީޒާންގެ އެއްވެސް ކުށެއް ނެތްކަމަށާއި ތުނީޝާގެ އާއިލާ އިން އޭނާއަށް ކުރި އނަިޔާ ފޮރުވަން ޝީޒާން ފްރޭމް ކުރަނީ ކަމަށެވެ. އަދި ކުށެއްންތެ އިންސާނަކު ޖަލު ގޮޅިއަށް ލައި ކުރާ އަނިޔާ އާއި ޝީޒާންގެ އާއިލާ އަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ވެސް ޝީޒާންގެ ވަކީލް ވަނީ ތުނީޝާގެ އާއިލާކައިރިން އެދިފައެވެ.
ތުނީޝާ އަކީ ކުޑައިރުން ފެށިގެން “އެންޒައިޓީ” ހުންނަ ކުއްޖަކަށް ވެފައި އޭނާގެ އާއިލާ އިން އެކަންތައް ނުބާލާ ކަމަށްބުނެ އެތައް ބަޔަކު ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ތުނީޝާ މަރުވީ އޭނާގެ މަންމަ އާއި އާއިލާގެ ސަބަބުން ކަމަށް ބުނެ އެތައްބަޔަކު ދަނީ އަޑު އުފުލަމުންނެވެ.
މިދިޔަ ޑިސެމްބަރު މަހުުގެ ފަހުކޮޅު ތޫނީޝާ މަރުވީ ލޯބިވެރިޔާ ސީޒަންއާއެކު ‘އަލީ ބާބާ ދާސްތާނާ ކާބުލް’ ކިޔާ ޓީވީ ސީރީޒް އެއްގެ ޝޫޓިންގައި އުޅެމުން ބްރޭކްގަޑީގައެވެ. ހަބަރުތައް ބުނާގޮތުން އޭރު ޝީޒަންއާއި ތޫނީޝާ ރުޅިވިތާ 15 ދުވަސް ވެއްޖެއެވެ.
ތުނީޝާގެ މަރު ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހަދައި އޭނާ މަރުވީ އަމިއްލަ އަށްތޯ ނޫނީ މީހަކު މަރާލީތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.